Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

މަހިބަދޫ ގެއެއްގައި އަލިފާން ރޯވެއްޖެ

އދ.މަހިބަދޫ

އދ. މަހިބަދޫ ގެއެއްގައި އަލިފާން ރޯވެއްޖެ އެވެ.

ފުލުހުން ބުނީ މިރޭ 19:21 ހާއިރު މަހިބަދޫ ގެއެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުންނާއި އާއްމު ރައްޔިތުން ގުޅިގެން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.