ޚަބަރު

ގުރައިދޫ އިން އޮޔާ ދިޔަ އަންހެނަކު ސަލާމަތްކޮށްފި

އޮޔާދަނިކޮށް ފުލުހުން ސަލާމަތްކުރި އަންހެން މީހާ - ފޮޓޯ: ޕޮލިސް

ތ.ގުރައިދޫ އިން މޫދަށް އެރި އުޅެނިކޮށް އޮޔާ ދިޔަ މީހަކު ފުލުހުން މިއަދު ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:13 ހާއިރު ގުރައިދޫ ރަށު ފަންނާ ދިމާލުން ސީ ބެޑެއްގައި އިން 19 އަހަރުގެ އަންހެނަކު ކަނޑުމަތިން އޮޔާދާކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

އެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދި އެ އަންހެން މީހާ ސަލާމަތްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.