Last Updated: April 23, 16:32
Tuesday, April 23, 2024
ޚަބަރު

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓުގެ ޒަރިއްޔާ އިން ތަފާތު ފަސް ފަހަރެއްގެ މަތިން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ ޕާރުލަސްތައް ބަލައިފާސްކުރުމުގެ ތެރޭގައި މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.

ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އެމްޑީއެމްއޭ (އެކްސްޓެސީ) ނަމަކަށް ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ. ޕޯސްޓުގެ ޒަރިއްޔާ އިް މި ތަކެތި ރާއްޖެ އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ ޖަރުމަނުވިލާތާއި ފަރެންސޭސިވިލާތާއި އިނގިޜޭސިވިލާތުގެ އިތުރުން ނެދަލޭންޑްސް އިންނެވެ.

މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 111 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ވަނީ އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު، މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކާ ފުލުހުންނާ ހަވާލުކޮށްފައެވެ.