Last Updated: March 29, 02:52
Friday, March 29, 2024
ވިޔަފާރި

ބޭނުންކުރެވޭ ރިޒާވް 300 މިލިއަން ޑޮލަރަށް އަރައިފި

ފިނޭންސް މިނިސްޓްރީ

ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް 300 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި މިދިޔަ މަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި ވަގުތުން ވަގުތަށް ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި 317.9 މިލިއަން ޑޮލަރު އެބަހުއްޓެވެ. 2013 ވަނަ އަހަރު މިއަދަދު ހުރީ 110.7 މިލިއަން ޑޮލަރުގައެވެ.

މީގެއިތުރުން ރާއްޖޭގެ ޖުމްލަ ރިޒާވްގައި މިހާރު 756.3 މިލިއަން ޑޮލަރު ހުރި ކަމަށްވެސް މާލީ ހިސާބުތަކުން ދައްކައެވެ.

ރާއްޖޭގައި ބޭނުން ކުރެވޭ ރިޒާވް 300 މިލިއަން ޑޮލަރަށް އަރާފައިވާއިރު، މި ފަސް އަހަރުގެ ރިޔާސީ ދައުރު ނިމެންވާއިރު ދައުލަތުގެ ރިޒާވް އެއް ބިލިޔަން ޑޮލަރަށް އިތުރު ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވުގައި ހުރީ 757.8 މިލިއަން ޑޮލަރު ކަމަށްވާއިރު މި އަހަރު ނިމޭއިރު އެ އަދަދު ގާތްގަނޑަކަށް 803.4 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.