Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމެޓީ އެކުލަވާލައިިފި

ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމެޓީ އެކުލަވާލައި، އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމެޓީއަކީ ދައުލަތުގެ ނަމުގައި ހިންގަމުންދާ ޕަބްލިކް ބޭންކްތަކާއި ޕަބްލިކް ފަންޑުތަކާއި ދައުލަތުގެ މާލީ ހިސާބުތަކުގެ ސައްހަކަން ކަށަވަރުކޮށް ވިލަރެސް ކުރުމަށް ފިނޭންސް މިނިސްޓްރީން އުފެއްދި ކޮމިޓީއެކެވެ.

މީގެއިތުރުން ދައުލަތުގެ އެންމެހައި އޮފީސްތަކާއި އެ އޮފީސްތަކުގެ އެކިއެކި ދާއިރާތަކުގައި ހުންނަ ރިސްކު ނުވަތަ މާލީ ހިންގުމަށް ކުރާ ނުރަނގަޅު އަސަރުތައް ދެނެގަނެ، އެ އޮފީސްތަކުގައި ހުންނަ މުދަލާއި ފައިސާ އެ ހިސާބުތަކާއި ލިޔެކިއުންތައް ބަލައްޓަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށްތޯ ބަލައި ވިލަރެސް ކުރާނީ ވެސް އެ ކޮމިޓީންނެވެ.

ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

1- އަހުމަދު ޝަރީފު (ފިނޭންސް މިނިސްޓްރީ) މުގައްރިރު
2- އަހުމަދު އާޒާދު (ފިނޭންސް މިނިސްޓްރީ)
3- މުހައްމަދު އިނާޒް (ފިނޭންސް މިނިސްޓްރީ)
4- އިބްރާހިމް ފަޒީލް (އޮޑިޓަ ޖެނެރަލްގެ މަންދޫބު)
5- އަހުމަދު ޔާމީން (އޭސީސީގެ މަންދޫބު)
6- ހަސަން މުހައްމަދު (ޕްރައިވެޓް ސެކްޓާގެ ފަރާތުން)
7- މުހައްމަދު ޒައީން (ޕްރައިވެޓް ސެކްޓާގެ ފަރާތުން)
8- އައިޝަތު އަބްދުﷲ (ފިނޭންސް މިނިސްޓްރީ)

މި ކޮމެޓީގެ މުގައްރިރަކީ ފިނޭންސް މިނިސްޓްރީގެ އަހުމަދު ޝަރީފުއެވެ.