Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ޔާމީން ވޯޓުލާން ވަޑައިނުގަންނަވާ

ކުރީގެ ރައީސް ޔާމީން، ފޮޓޯ: މިހާރު

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވޯޓުލެއްވުމަށް ވަޑައިނުގަންނަވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ ވޯޓު ލެއްވުމަށް ވަޑައިނުގަންނަވާނެކަން ޔާމީން މީގެކުރިން ވެސް ޕާޓީގެ އިސް ފަރާތްތަކަށް ދަންނަވާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ދެއްވާފައެއް ނުވެއެވެ.

ޔާމީން ވޯޓުލާން ޖެހިވަަޑައިގަންވަނީ މައްޗަންގޮޅި އުތުރު ދާއިރާއަށް ކަމަށްވާއިރު އެ ދާއިރާއަށް ޕީޕީއެމްގެ ކެންޑިޑޭޓަކު ވެސް ވާދަ ކުރައްވައެވެ. އެއީ ޔާމީންގެ ސަރުކާރުގައި ޖަރުމަނު ސަަފީރުކަމުގެ މަގާމުގައި ހުންނެވި ޖަމީލާ އަލީއެވެ.

މީގެއިތުރުން ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ އަހުމަދު ފާރިސް މައުމޫނު ވެސް އެ ދާއިރާ އަށް ކުރިމަތިލައްވާފައިވެއެވެ.

ޔާމީން ވޯޓު ލެއްވުމަށް ވަޑައިނުގެންނެވިއިރު ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު އާއި މައުމޫން އަބްދުލްގައްޔޫމް ވޯޓު ލައްވާފައިވެއެވެ.

މަޖިލިސް އިންތިހާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8 ޖެހިއިރު ކަމަށްވާއިރު، ވޯޓު ފޮށިތައް ބަންދުކޮށްފައިވަނީ އިރުއޮއްސި ހަޔެއް ޖެހިއިރުއެވެ.