Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ރައީސް ނަޝީދު މަޖިލީހަށް އިންތިހާބުވެ ވަޑައިގެންފި

މައްޗަންގޯޅި މެދު ދާއިރާގެ ގޮނޑި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައި، ރައްޔިތުންގެ މަޖިލީހަށް އިންތިހާބުގެ ވަޑައިގެންފިއެވެ.

މި އިންތިހާބުގައި ނަޝީދުއާ ވާދަކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހިމް މުހައްމަދެވެ.

އެގޮތުން މިހާތަނަށް ގުނާ ނިމުނު ވޯޓު ފޮށިތަކުން ނަޝީދަށް ވަނީ 825 ވޯޓު ލިބިވަޑައިގެންފައެވެ. އިބްރާހިމް މުހައްމަދަށް ލިބިވަޑައިގެންނެވީ 663 ވޯޓެވެ.

މިއި ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅަކު މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.