Last Updated: April 23, 23:56
Wednesday, April 24, 2024
ވިޔަފާރި

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން މިހާރު އައިސް ލިބޭނެ

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް އައިސް ލިބޭނެ ނިޒާމެއް ހަމަޖައްސައިފިކަމަށް އެ ކޮމްޕްލެކްސްއިން ބުނެފިއެވެ.

ހުޅުމީދޫ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިން ބޭނުންވާ އައިސް ހޯދުމަށާއި، މިކަމާއިގުޅޭ އިތުރު މައުލޫމަތު ސާފުކުރުމަށް އައްޑޫ ފިޝަރީޒް ކޮމްޕްލެކެސްގެ ހޮޓްލައިން 7967992 އަށް ގުޅުއްވުމުން މައުލޫމާތް ލިބިވަޑައިގަންނަވާނެ ކަމަށް އެ ކޮމްޕްލެކްސްއިން ބުނެއެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން އައިސް ދޫކުރަން ފެށުމުން މިފްކޯގެ ދެ ސަރަހައްދަކުން މަސްވެރިންނަށް އައިސް ލިބިގެންދާނެއެވެ. އެއީ ހިތަދޫގަ ހުންނަ އައިސް ޕްލާންޓުންނާއި، ހުޅުމީދޫ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގަ ހުންނަ އައިސް ޕްލާންޓުންނެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ ދުވާލެއްގެ މައްޗަށް 100 ޓަނުގެ އައިސް އުފެއްދާ ޕްލާންޓެކެވެ. އަދި ހިތަދޫ އައިސް ޕްލާންޓުން ދުވާލެއްގެ މައްޗަށް 50 ޓަނުގެ އައިސް އުފައްދައެވެ.