Last Updated: April 16, 19:25
Tuesday, April 16, 2024
ޚަބަރު

ޖާބިރު ކަޕްގެ ނަމުގައި އެއްލައްކަ ރުފިޔާދޭ ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

ޖާބިރު ކަޕްގެ ނަމުގައި، ކާށިދޫ އަދި ގާފަރުގައި ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މި މުބާރާތުން މޮޅުވާ ޓީމަކަށްް އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމެއް ދިނުމަށްވަނީ ނިންމާފައެވެ. އަދި މުބާރާތުގެ ރަނަރަޕް ޓީމަށްވެސް ބައިލައްކަ ރުފިޔާގެ އަގުހުރި އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރަތަކީ ރައްޔިތުންގެ މަޖިލީހުގެ ކ.ކާށިދޫ ދާއިރާއަށް އިންތިހާބުވެ ވަޑައިގެންނެވި އަބްދުﷲ ޖާބިރުގެ އިސްނެންގެވުމުގެ މަތިން ބާއްވާ މުބާރާތެކެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ބޮޑު އީދާއި ދިމާކޮށެވެ.