Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ނޫސްވެރިން ހޯދަނީ

މޯލްޑިވިއަންގެ އެއަބަސް ބޯޓުގައި ފަތުރުވެރިން ގަމަށް ފައިބަނީ. އައްޑޫލައިވް ފައިލް ފޮޓޯ: ޝަރަފް

ދެކުނު އެފްރިކާ އާއި ތުރުކީގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން އެހީތެރިވާނެ ބޭރުގެ ނޫސްވެރިން ހޯދުމަށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަންސް، އެމްއެމްޕީއާރުސީ އިން އިއުލާނުކޮށްފިއެވެ

އެމްއެމްޕީއާރުސީއިން ބުނީ، ސައުތު އެފްރިކާ އަދި ތުރުކީގެ އިތުރުން ސްޕެއިންގެ ނޫސްވެރިން ރާއްޖެ ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށެެވެ.

އެއް ހަފްތާއެއްހާ ދުވަހު މި ނޫސްވެރިންގެ ޓީމް ރާއްޖޭގައި ހަރަކާތްތެރިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ ތަފާތު އާރޓިކަލްތައް ގެނެސްދޭން ޖެހެއެވެ.

ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމެވެ.