Last Updated: March 29, 16:28
Friday, March 29, 2024
ސިޔާސީ

މަލިކާއި ގުޅޭގޮތުން ޖާބިރު ދެއްކެވީ އެބޭފުޅާގެ އަމިއްލަ ޚިޔާލު: ތަރުޖަމާން

މަލިކު މައްސަލައާ ގުޅިގެން ކާށިދޫ ދާއިރާގެ އިންތިޚާބީ މެންބަރ ޢަބްދުﷲ ޖާބިރު ދެއްކެވީ އެކަމުގައި އެބޭފުޅާ ދެކިވަޑައިގަންނަވާ ގޮތް ކަމަށާއި އެއީ ދިވެހި ސަރުކާރުން ގެންގުޅޭ ވިސްނުމެއް ނޫން ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، އިބްރާހިމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަލިކަށް އަތްގަދަކޮށް މަލިކަކީ، ރާއްޖޭގެ ބައެއްކަމުގައި ހެދުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށެވެ. ސަރުކާރުން މިހެން ވިދާޅުވެފައި މިވަނީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ކާށިދޫ ދާއިރާއަށް އިންތިިޚާބުވެފައިވާ ޢަބްދުﷲ ޖާބިރު މަލިކާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެންނެވެ.

ޖާބިރު ވިދާޅުވީ، މަލިކަކީ ރާއްޖޭގެ ބައެއްކަމަށާއި، މަލިކުގެ ބާރު ރާއްޖެއަތުން ބީވެގެން ދިޔަގޮތް ބަލަންޖެހޭކަމަށެވެ. ޖާބިރު ވިދާޅުވީ ރައްޔިތުން މަޖިލިސް ތެރެއިން އެ މަސައްކަތް އޭނާ ކުރައްވާނެ ކަމަށާއި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވެސް މަޖިލީހަށް ހާޒިރު ކުރައްވާ އެކަމުގެއެގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީސް ފެށުމުން އެމަނިކުފާނު އެންމެ އިސްކަމެއްދެއްވާނެ އެއްކަމަކީ، މި ސަރުކާރުގެ ފޮރިން މިިނިސްޓަރ އަބްދުﷲ ޝާހިދު މަޖިލީހަށް ހާޒިރުކޮށް ސަރުކާރުން މިކަމަށް އަމަލުކުރުވުންކަމަށް ޖާބިރުވަނީ ވިދާޅުވެފައެވެ. ޖާބިރުވަނީ މި މަސައްކަތް ރާއްޖެއާއި އިންޑިއާގެ ސަރުކާރުން ގުޅިގެން ކުރަންޖެހޭކަމަށްވެސް ވިދާޅުވެފައެވެ.