Last Updated: April 23, 17:09
Tuesday, April 23, 2024
ވިޔަފާރި

އައިލެންޑް އޭވިއޭޝަނުން ޓިކެޓު ރީފަންޑު ދުވަހުން ދުވަހަށް ލިބޭނެ ގޮތް ހަދަނީ

މޯލްޑިވިއަންގެ ފްލައިޓެއް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

އައިލެންޑް އޭވިއޭޝަނުން ޓިކެޓު ރީފަންޑު ދުވަހުން ދުވަހަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމައިފިއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ ޓިކެޓު ރީ ފަންޑު ދުވަހުން ދުވަހަށް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށާއި މިބަދަލުތަކަށް މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން ގެންދާނެކަމަށެވެ. އަދި މޯލްޑިވިއަންގެ ކޯލް ސެންޓަރުން ޙިދުމަތްދޭ ގަޑިތައް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

އައިލެންޑު އޭވިއޭޝަންގެ ކޯލް ސެންޓަރގެ ޙިދުމަތް މިހާރު ލިބެނީ ހެނދުނު 8:00 ހަވީރު 16:30 ހަށެވެ. އަދި އާއްމު ގޮތެއްގައި ޓިކެޓު ރީފަންޑު ލިބުމަށް ފަނަރަވަރަކަށް ދުވަސް ނަގައެވެ.

މި ބަދަލާއިއެކު ކަސްޓަމަރުންގެ މެދުގައި ޤައުމީ އެއަރލައިނަށް އޮންނަ އިތުބާރާއި ޔަޤީންކަން އިިތުރުވެގެންދާނޭ ކަމަށް އެކުންފުނިން ދެކެއެވެ.