Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

އިންޑަސްޓްރިއަލް ވިލެޖްގައި ތަރައްގީކުރާ ޕެޓްރޯލް ޝެޑް ހުޅުވަނީ

އިންޑަސްޓްރިއަލް ވިލެޖްގައި ތަރައްޤީކުރަމުންދާ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑް: ފޮޓޯ- އެފްއެސްއެމް

އިންޑަސްޓްރިއަލް ވިލެޖްގައި ތަރައްޤީކުރަމުންދާ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްގެ ޚިދުމަތް ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް އެފްއެސްއެމްއިން ބުނެފިއެވެ.

އެފްއެސްއެމްއިން ބުނީ، މިހާރު އިންޑަސްޓްރިއަލް ވިލެޖުގައި ފެޓްރޯލް ފޯރުކޮށްދެމުންދަނީ ވަގުތީ ޝެޑެއްގައި ކަމަށާއި، ވަގުތީ ޝެޑުގައި 3 ޕަމްޕު ހުންނަކަމަށެވެ.

އިންޑަސްޓްރިއަލް ވިލެޖްގައި ތަރައްޤީކުރަމުންދާ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުގައި 8 ޕަމްޕު ހުންނާނެކަމަށް އެފްއެސްއެމްއިން ބުނެއެވެ.

ކުރިއަށް އޮތް ރޯދަމަހު އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކުން ޙިދުމަތްދޭނީ ރޯދަމަހުގެ ރޭގަނޑު އެކެއް ޖަހަންދެނެވެ.