Last Updated: April 20, 08:46
Saturday, April 20, 2024
ޚަބަރު

އައްޑޫގެ ގެތަކުން ހިލޭ ކުނި ނަގައިދޭ ޕްރޮގްރާމެއް ފަށަނީ

ރަމަޟާން މަހަށް ޙާއްސަކޮށްގެން 'ނަލަފެހި އައްޑޫ' ޕްރޮގްރާމުގެ ދަށުން އައްޑޫސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން އައްޑޫގެ ގޭބިސީތަކުން ހިލޭ ކުނި ނަގައިދިނުމުގެ ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިޕްރޮގްރާމަކީ ރަމަޟާން މަހާ ދިމާކޮށް ގޭތެރެ ސާފުކުރުން އެއީ ޒަމާނުއްސުރެ ދިވެހީންގެ މެދުގައި އޮންނަ އާދައަކަށްވެފައި، މިދުވަސްވަރު ގޭބިސީތަކުން ގިނަ އަދަދެއްގެ ކުނި ބޭރުކުރާތީ މިފަދަ ކުނި އުކާލުމުގައި އާންމުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކައުންސިލާއި ވެމްކޯ ގުޅިގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

މިޕްރޮގްރާމުގެ ދަށުން ކުނި ނަގައި ދިނުމަށް އެދޭ ފަރާތްތައް ނަން ނޯޓު ކުރުން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ކުނި ނެގުމަށް ހަމަޖެހިފައިވަނީ 22 އެޕްރީލުން 2 މެއި ގެ ނިޔަލަށެވެ. ކުނި ނަގާނީ ނަން ނޯޓު ކުރައްވާ ކޮންމެ ގޭބިސީއަކުން އެއް ދުވަހުއެވެ.