Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ޖަޕާނުން ފުލުހުންނަށް ދެ މިލިއަން ޑޮލަރުގެ ތަކެތި ހަދިޔާ ކޮށްފި

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ދެ މިލިއަން ޑޮލަރުގެ އަގުހުރި ތަކެތި ހަދިޔާ ކޮށްފިއެވެ.

މިތަކެތި ހަދިޔާކޮށްފައިވަނީ މިކަމަށްޓަކައި މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތު ޝަރަފުވެރި މެހެމާން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ރައްޔިތުންގެ ސަލާމަތްތެރިކަމަށް ޖަޕާނު ސަރުކާރުން ވެދެއްވި މި އެހީތެރިކަމަކީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ދިވެހި ސަރުކާރު ކުރަމުންގެންދާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން އިސްކަންދޭކަމުގެ މިސާލެއްކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމް ކުރުމަށް ދިވެހި ސަރުކާރުން ކުރާ މަަސައްކަތުގައި ޖަޕާނު ސަރުކާރުން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

މިރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި މިވަސީލަތްތައް މުޅި ރާއްޖެއަށް ބަހާލައިގެން ބޭނުންކުރާނެކަމަށާއި ޚާއްޞަކޮށް ނުރައްކާތެރި ހާލަތްތަކުގައި ބޭނުންކުރައްވާނެކަމަށް ވިދާޅުވިއެވެ.

އަދި ޖަޕާން ސަރުކާރާއި ދިވެހި ފުލުހުންނާއި ދެމެދު މިހާރުވެސް އޮތް ގާތްކަން ބާއްވާނޭކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މިގުޅުން ދެމެހެއްޓުމަށް މަަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި މި ވަސީލަތްތަކުގެ ތެރޭގައި، ފުލުހުންގެ އޮޕަރޭޝަންސްތަކުގައާއި ޕެޓްރޯލްކުރުމުގައި ބޭނުންކުރާނެ ކަނޑު އުޅަނދާއި އެއްގަމު އުޅަނދުގެ އިތުރުން އެހެނިހެން ތަކެތި ހިމެނެއެވެ

މިރަސްމިއްޔާތުގައި، ޚަރިޖީ ވަޒީރު ޢަބްދުﷲ ޝާހިދާއި، ދާޚިލާ ވަޒީރު އައްޝެއިޚް އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައީގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވ އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ފުލުހުން ބައިވެރިވެލެއްވިއެވެ.ޖ