Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރު: އުޝާމް

ރައްޔިތުންގެ ލާބައަށްޓަކާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ކަމަށް ވިލިމާލޭ ދާއިރާ އަށް އިންތިހާބުވެ ވަޑައިގެންނެވި އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވި އުޝާމް މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރެއްވުމަށްފަހު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އުޝާމް ވިދާޅުވީ ވިލިމާލޭގެ ތަރައްގީ އަށް ކުރަންހުރި މަސައްކަތްތަކާއި އަދި ވިލިމާލެ އަށް ދިމާވެފައިވާ ތަފާތު އެކި މައްސަލަތަކާ ގުޅޭގޮތުން ރައީސް ސޯލިހާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ރައްޔިތުންގެ ލާބައަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

ވިލިމާލޭ ދާއިރާގެ ގޮނޑި އުޝާމް ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީން ވާދަ ކުރެއްވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި އެމްޑީޕީގެ ކެންޑިޑޭޓު ޔާމީން އަހުމަދު އާއި ވާދަކޮށްގެންނެވެ.

އުޝާމް މީގެ ކުރިން ވަނީ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިންމަވާލައްވާނީ މިނިވަންް މެންބަރެއްގެ ގޮތުގައި ހުރެ ކަމަށް ވިދާޅުވެފައެވެ.