Last Updated: April 23, 13:19
Tuesday, April 23, 2024
ސިޔާސީ

މަރުތައް ބަލާ ކޮމިޝަނަށް ޝުމްބާ ހާޒިރު ކުރަނީ

ޝުމްބާ ---ފޮޓޯ / ޝުމްބާ ފޭސްބުކް

މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައާ ނޫސްވެރިޔާ އަޙްމަދު ރިލްވާންގެ މައްސަލާގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) މަރުތަކު މަރާލާފައިވާ މީހުނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނަށް ޙާޒިރު ކުރުމަށް ނިންމައިފިއެވެ.

އެނގިފައިވާ ގޮތުގައި ޝުމްބާ ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރަނީ މިއަދެވެ. ނަމަވެސް އޭނާ ހާޒިރުކުރަނީ ކޮން އިރަކު ކަމެއް ސާފެއްނުވެއެވެ. އެނގިފައިވާ އޭނާ ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރަނީ އެ ދެ މައްސަލާއިގައި މަޢުލޫމާތުތަކެއް ސާފު ކުރުމަށެވެ.

އަފްރާޝީމްގެ މަރުގެ މައްސަލައާ ރިލްވާން ގެއްލުމުގެ ޙާދިސާއާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ސޯޝަލް މީޑިއާގެ އެކްޓިވިސްޓު އަޝްރަފް މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ހާޒިރުކުރާއިރު ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒުވެސް (ޒާހިދު ކްރިއޭޓަރ) ވަނީ މީގެކުރިން އެ ކޮމިޝަނަށް ހާޒިރުކޮށްފައެވެ.