Last Updated: April 25, 11:51
Thursday, April 25, 2024
ސިޔާސީ

ޖާބިރު ބޭންކުގެ ނަމުގައި ބޭންކެއް ހުޅުވަނީ

އަބްދުﷲ ޖާބިރު - ފޮޓޯ: ރައީސް އޮފީސް

ކާށިދޫ ދާއިރާގެ ރައްޔިތުންނަށް ފަސޭހަ ކަމާއިއެކު ލޯނު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން "ޖާބިރު ބޭންކް"ގެ ނަމުގައި ބޭންކެއް ހުޅުވަން ޖާބިރު ނިންމަވައިފިއެވެ.

"ޖަޒީރާ ނިއުސް"އަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ "ޖާބިރު ބޭންކެއް" ހައްދަވައި ޢާންމުންނަށް ލޯނުދީ ހައްދަވާނެ ކަމަށާއި އެއީ ސަރުކާރު ބޭންކު ނުވަތަ ބީއެމްއެލްގެ ބޭންކުން ދޭނެ ލޯނުތަކެއް ނޫންކަމަށެވެ. އަދި ސަރުކާރުން ހުއްދަ ދެއްވުމުން ޖާބިރު ލޯނުގެ ނަމުން ލޯނު ދޫކުރާނެ ކަމަށާއި އެމަނިކުފާނު ދެއްވަވާ ލޯނަކީ ސަރުކާރު ލޯނާއި އެއްވެސް ގުޅުމެއް ހުރި ލޯނެއް ނޫންކަމަށް ޖާބިރު ވިދާޅުވިއެެވެ.

ޖާބިރު ވަނީ ސިޔާސީ މަތީ ފަރާތްްތަށްވެސް ރިހެބް ކުރަން ޖެހޭ ކަމަށް ވިދާޅުވެ، ޖާބިރުގެ ނަމުގައި ކާށިދޫގައި ރިހެބް ސެންޓަަރެއް ގާއިމް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޖާާބިރު ވަނީ ޖާބިރު ޔުނިވާސިޓީއެއް ބިނާކޮށް އެތަން ދުނިޔޭގެ ފެންވަރުގައި ތަރައްޤީ ކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ. ޔުނިވަރސިޓީގެ ވާހަކަ ޖާބިރުވަނީ މީގެކުރިންވެސް އެކި ފޯރަމްތަކުގައި ވިދާޅުވެފައެވެ.

"ޖާބިރު ބޭންކް"ގެ ނަމުގައި ބޭންކެއް ހައްދަވާނެ ކަމަށް ޖާބިރު ވިދާޅުވިއިރު ގާފަރާއި ކާށިދޫގައި ޖާބިރު މިހާރުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކާށިދޫ އަދި ގާފަރުގައި އެއް ލައްކަ ރުފިޔާގެ ފުޓްބޯޅަ މުބާރާތެއް ބާއްވާނެކަން ވެސް އޭނާ ވަނީ އިޢުލާން ކުރައްވާފައެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ބޮޑު އީދާއި ދިމާކޮށެވެ.