Last Updated: April 24, 12:03
Wednesday, April 24, 2024
ޚަބަރު

ދުވަސްވެ ހަލާކުވެފައިވާ މުސްހަފްތައް އެއްކުރުމުގެ ޕްރޮގްރާމެއް ފަށަނީ

އައްޑޫސިޓީގެ އަވަށްތަކުގެ ގޭގޭގައިހުރި ދުވަސްވެ ގަނޑުތައް ވަކިވެފައިހުރި ޚަތިމްތައް ރައްކާތެރިކަމާއެކު ނައްތާލުމުގެ ޕްރޮގްރާމްއެއް ހިންގުމަށްވަނީ އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ޕްރޮގްރާމްގެ ދަށުން ޚަތިމްތައް ޙަވާލުކުރުމަށް ބޭނުންވާ ގެތަކުން އެ ގެއަކާއި އެންމެ ކައިރީގައި ހުންނަ މިސްކިތަކަށް ޚަތިމްތަކާއި ޤުރުއާނުގެ އާޔަތްތައް ލިއެފައިހުރި ލިއުންތައް ޙަވާލުކުރުމަށް ކައުންސިލުން ބުނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ގެންނަ ލިއުންތަކާއި ޚަތިމްތައް ޙަވާލުވުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ 02 މެއި 2019ވާ ބުރާސްފަތި ދުވަހުގެ ޢަސްރު ނަމާދުގެ ފަހުން މަޢްރިބް ނަމާދާއި ހަމައަށެވެ.

މިޕްރޮގްރާމްގެ ދަށުން ގޭގޭގައި ހުރި މިފަދަ ލިއުންތަކާއި ދުވަސްވެ ގަނޑުތައް ވަކިވެފައިހުރި ޚަތިމްތައް ޙަވާލުކުރަން ބޭނުންފުޅުވާ ފަރާތްތަކުން އެގެއަކާއި އެންމެ ކާރީގައި ހުންނަ މިސްކިތަކާއި 02 މެއި 2019ވާ ބުރާސްފަތި ދުވަހުގެ އަސްރުނަމާދާއި މަޢުރިބު ނަމާދާއި ދެމެދު ޙަވާލުކޮށް ދިނުމަށް ކައުންސިލުން އެދެއެވެ.