Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އެޖެންޑާ 19 ތަންފީޒު ކުރުމަށް ފަސް ކޮމިޓީއެއް އެކުލަވާލައިފި

ރައީސް ސޯލިހާއި ކުރީގެ ރައީސް ނަޝީދު - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

"ޖަޒީރާ ރާއްޖެ" މެނިފެސްޓޯ އާއި އެޖެންޑާ 19 ގައިވާ ކަންކަން ތަންފީޒު ކުރުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭފުޅުން ހިމެނޭ ގޮތަށް އެމްޑީޕީން ފަސް ކޮމެޓީއެއް އެކުލަވާލައިފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ކޮމިޓީތަށް އެކުލަވާލީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުން އެއް ވިސްނުމެއްގައި މަސައްކަތް ކުރުމަށްޓަކާ ކަމަށެވެ.

އެމްޑީޕީން އެކުލަވާލި ފަސް ކޮމިޓީ އަކީ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ފަސް ދާއިރާ ކަމުގައިވާ، އިންޞާފު، އޯގާތެރި ސަރުކާރު، ފަޚުރުވެރި ޢާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިޤްޠިޞާދު ގެ މައްޗަށް އެކުލަވާލާފައިވާ 5 ކޮމިޓީއެވެ.

އެކޮމިޓީތަކުގެ މައިގަނޑު މަސައްކަތަކީ، މި 5 ދާއިރާއިން ވެފައިވާ ވައުދުތައް ފުއްދުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުމާއި، ވައުދުތައް ފުއްދުމަށް ސަރުކާރުން ހިންގާންޖެހޭ މަޝްރޫޢުތައް ދެނެގަނެ އެމަޝްރޫޢުތައް ހިންގާނޭ އުޞޫލުތައް ދެނެގަތުން ކަމަށް އެމްޑީޕީން ހާމަކުރެއެވެ/

މި ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވަނީ، ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނާއި، ސަރުކާރު ހިއްޞާވާ ކުންފުނިތަކުގެ ބޭފުޅުންނާއި، ފަންނީ މާހިރުންނެވެ.