Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް ރައީސް އިންޑިޔާ އަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ އިންޑިޔާ އަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު ބައެއް މީޑިޔާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރައީސް އިންޑިއާ އަށް މާދަމާ ވަޑައިގަންނަވަނީ މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ގައި ރޯޔަލް ޗެލެންޖާސް ބެންގަލޫރާއި ޗެންނާއީ ސުޕަރ ކިންގްސް ބައްދަލުކުރާ މެޗު ބައްލަވާލެއްވުމަށް ކަމަށެވެ.

ރައީސް އިންޑިއާ އަށް ފުރާ ވަޑައިގަންނަވާނީ މާދަމާ ހަވީރު ކަމަށާއި މި ދަތުރުފުޅުގައި ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއި ރައީސް ބައްދަލުކުރައްވާނެ ކަމަށްވެސް ހޫދު ވިދާޅުވިއެވެ.

މި ދަތުރުފުޅަށްފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުއެވެ.