Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މޯލްޑިވް ގޭހުގެ އެންމެ ބޮޑު ގޭސް ޕްލާންޓު ގދ. ތިނަދޫގައި އަޅަނީ

ފޮޓޯ-މޯލްޑިވްސް ގޭސް

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ، މޯލްޑިވް ގޭހުގެ އެންމެ ބޮޑު ގޭސް ޕްލާންޓު ގދ. ތިނަދޫގައި އަޅަން ފަށައިފިއެވެ.

ތިނަދޫގައި މޯލްޑިވް ގޭހުން ތަރައްގީކުރާ ޕްލާންޓު އަޅަމުން ދަނީ 90،000 އަކަފޫޓުގެ ބިމެއްގައެވެ.

މި ގޭސް ޕްލާންޓަކީ މޯލްޑިވްސް ގޭހުން އެކުންފުނީގެ އަމިއްލަ ބަޖެޓުން 5.8 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އަދި އެ ޕްލާންޓު ވެގެން ދާނީ ރާއްޖޭގައި މިހާރު ހުރި، އެ ކުންފުނީގެ އެންމެ ބޮޑު ޕްލާންޓު ކަމަށާއި އެ ޕްލާންޓަކީ 1500 ޓަނުގެ ގޭސް އުފައްދައި، ރައްކާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މުޅި ޕްލާންޓުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

ގދ. އަތޮޅުގެ ވެރިކަން ކުރާ، ގދ. ތިނަދޫގައި މިހާރު ގޭސް ވިއްކަނީ އެސްޓީއޯ ތިނަދޫ ބްރާންޗުންނެވެ. އާ ގޭސް ޕްލާންޓު ގާއިމްކުރެވުމާއެކު ތިނަދޫއާއި މުޅި ދެކުނަށް ހެޔޮ އަގުގައި ގޭސް ލިބިގެންދާނެއެވެ.