Last Updated: April 23, 11:36
Tuesday, April 23, 2024
ވިޔަފާރި

މޯލްޑިވިއަންގެ ދަތުރުތައް ޔޫރަފަށް ފަށަނީ

މޯލްޑިވިއަން ބޯޓެއްގެ ކްރޫންތަކެއް، ފޮޓޯ: މޯލްޑިވިއަން ފޭސްބުކް ޕޭޖް

ދިވެހި ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ދަތުރުތައް ޔޫރަޕަށް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށައިފިއެވެ.

އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ، މޯލްޑިވިއަންގެ ދަތުރުތައް ޔޫރަޕަށް ފެށުމަށްޓަކައި ހަދަންޖެހޭ މާކެޓް ދިރާސާތަކާއި، ފީސިބަލް ކަމެއްތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މޯލްޑިވިއަން ދަތުރުކުރާ މަންޒިލްތައް އިތުރުކޮށް އެއަރލައިނުގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ ވިސްނުމުގައި އައިލެންޑް އޭވިއޭޝަނުގެ ޓީމުން މަސައްކަތްކުރަމުން އަންނަ ކަމަށާއި، ދިވެހިރާއްޖެ ޓޫރިޒަމް ބްރޭންޑަކަށްވެގެން ޔޫރަޕަށް ދިޔަގޮތަށް، ޤައުމީ އެއަރލައިނަށްވެސް ޔޫރަޕަށް ދަތުރު ކުރާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ އުދުހުންތަކުގައި މިހާތަނަށް ބޭނުންކުރަމުން އަންނަނީ އެއަރބަސްގެ ދެ ބޯޓެވެ. އެއީ އެއަރބަސް A321 މަރުކާގެ 200 ފަސެންޖަރުންގެ ޖާގައިގެ ބޯޓަކާއި، އެއަރބަސް A320 މަރުކާގެ 152 ފަސެންޖަރުންގެ ޖާގައިގެ ބޯޓެކެވެ.

މޯލްޑިވިއަންގެ އޮޕަރޭޝަންތަކަށް ވައިޑް ބޮޑީ އެއަރކްރާފުޓް ތައާރަފްކޮށް، ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ އަމާޒެއްކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. މޯލްޑިވިއަންއިން ރާއްޖެއިން ބޭރަށް ދަތުރު ކުރަނީ، ޗައިނާ، އިންޑިއާ އަދި ބަންގަލަދޭޝްއަށެވެ.