Last Updated: March 28, 13:45
Thursday, March 28, 2024
ވިޔަފާރި

ސައުތް އެފްރިކަން އެއާލައިންސްގެ ދަތުރުތައް އަނެއްކާވެސް އައްޑުއަށް!

ފޮޓޯ- ސޯޝަލް މީޑިއާ

ސައުތު އެފްރިކާގެ ދަތުރުތައް އެފްރިކާގެ ޖޮހަނެސްބާގުން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަނެއްކާވެސް ފަށައިފިއެވެ.

މެދުކެނޑުމަށްފަހު އަނެއްކާވެސް ސައުތް އެފްރިކަން އެއާލައިންވަނީ މިއަދު ހެނދުނު ގަމަށް ދަތުރުތައް ފަށާފައެވެ. ސައުތް އެފްރިކަން އެއަރލައިންސްގެ އޭ ތްރީފޯޓީގެ މަރުކާ ބޯޓް ގަމަށް ދަތުރުކޮށްފައިވާނީ ޖުމްލަ 243 ފަސިންޖަރުންނާއި އެއްކޮށްކަމަށް ގަން އިންޓަނޭޝަނަލް އެއާރޕޯޓުން މައުލޫމާތް ދެއެވެ.

ސައުތް އެފްރިކާގެ ޖޮހަނެސްބާގުން ގަމަށް ދަތުރުކުރުމަށް ޖުމްލަ 7 ގަޑިއިރު ނަގައެވެ. މީގެކުރިން ސައުތް އެފްރިކާގެ ޖޮހަނެސްބާގުން ގަމާއި ދެމެދު ކޮންމެ ހަފުތާއަކުވެސް ތިން ދަތުރު ކުރަން ހަމަޖެހިފައި ވެއެވެ. ނަމަވެސް މިހާރު އެދަތުރުތައް ޗާޓަކޮށް، މިމަހުން ފެށިގެން އޮކްޓޯބަރާއި ހަމަޔަށް ކުރުމަށްވަނީ ހަމަޖެހިފައެވެ. ގަން އިންޓަރނޭޝަނަލް އެއާޕޯޓުން ބުނީ އޮކްޓޯބަރ މަހަށްފަހުވެސް މި އެއާލައިން އައްޑޫއަށް ދަތުރު ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި މީގެ އިތުރަށް ސައުތް އެފްރިކާގެ ޖޮހަނެސްބާގުން އައްޑޫއަށް އިތުރުު ޗާޓަރ ފްލައިޓްތައް ދަތުރުކުރުމާއި ބެހޭގޮތުންވެސް މަޝްވަރާކުރާ ކަމަށެވެ.

ސައުތް އެފްރިކަން އެއާލައިންސުން އެފްރިކާގެ ޖޮހަނެސްބާގުން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ މަހު 3 ދަތުރު ކުރުމަށްވަނީ ޝެޑިއުލް ކުރެވިފައެވެ. އަދި ޖުލައި މަހު 21 ވަނަ ދުވަހު ގަމަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، އޯގަސްޓް މަހުގެވެސް 3 ދަތުރު ގަމަށް ކުރުމަށްވަނީ ޝެޑިއުލް ކޮށްފައެވެ. ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހާއި 22 ވަނަ ދުވަހު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާއިރު، އޮކްޓޯބަރ މަހު ދަތުރު ކުރުމަށް ޝެޑިއުލް ކުރެވިފައިއޮތީ އެމަހުގެ 13 ވަނަ ދުވަހުގައެވެ.

ސައުތް އެފްރިކަން އެއާލައިންސުގެ ދަތުރުތައް ފެށުމުން އައްޑޫގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުއް ލިބޭނެއެވެ. ސައުތް އެފްރިކަން އެއާރލައިންސްގެ ފުރަތަމަ ޗާޓަރ ފްލައިޓް ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރ މަހުގެ ދެވަނަ ދުވަހުގައެވެ.