Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ރޯދަ އެލަވަންސް 3000 ރުފިޔާއަށް ވުރެ ބޮޑު ނުކުރަން އަންގައިފި

ފޮޓޯ- ޕީއެސްއެމް

މި އަހަރުގެ ރޯދަ އިނާޔަތުގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ ގިނަ އިން ނުވަތަ މަދުން ނުދޭން ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ރޯދަ އިނާޔަތް ދިނުން ވަޒީފާ ދޭ ފަރާތުގެ އިހްތިޔާރީ ކަމަކަށް އޮންނަނީ ބިދޭސީ މުވައްޒަފުންނަށް ދިނުމާއި ނުދިނުމާ މެދުގައި އެކަންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރޯދަމަހުގެ ތެރޭގައި މީހަކަށް ވަޒީފާ ދީީފިނަމަ، އެމީހަކަށް ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ދޭންޖެހޭނީ އެމީހަކު ވަޒީފާއަށް ނިކުންނަ ދުވަހުން ފެށިގެން އެ މަހުގެ ބާކީ ބަޔަށްވާ ފައިސާކަމަށެވެ.

މީގެ އިތުރުން ރޯދަމަހުގެ ތެރޭގައި ވަޒީފައިން ވަކިވާ މުވައްޒަފަކަށް ރޯދަމަހުގެ އިނާޔަތް ދޭންޖެހޭނީ އޭނާ ވަޒީފާއިން ވަކިވާ ދުވަހުގެ ނިޔަލަށްވާ ފައިސާކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި ޕޭ ލީވްގައި ތިބޭ މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް ޚިދުމަތް ނުލިބޭ މުވައްޒަފުންނަށް އިނާޔަތު ފައިސާ ދޭކަށް ނުޖެހޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000ރ. ރޯދަމަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް ދިނުމަކީ ވަޒީފާއާ ބެހޭ ގާނޫނުން ލާޒިމް ކުރާ ކަމެކެވެ.