Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ހިތާދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ރައީސްއާ ހިއްސާކުރައްވައިފި

ފޮޓޯ- ރައީސް އޮފީސް

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރެވިފައި ނެތުންކަމަށް މީގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކަކާއިބެހޭ ގޮތުން ހިތާދޫ ކައުންސިލުން ރައީސްއާއި ހިއްސާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ މެންބަރުންނާއި މިއަދު ކުރެއްވި ބައްދަލުވުމުގައި، އެރަށުގެ މިހާރުގެ ހާލަތާއި، ހިތާދޫ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

މިގޮތުން ނަރުދަމާ ނިޒާމްގެ އިތުރަށް ރަށުގެ ބަނދަރު މަރާމާތުކުރުމާއި، ކުނި މެނޭޖްކުރުމާއި، ވަޒީފާގެ ފުރުޞަތު ފަހިކުރުމާ ބެހޭގޮތުން ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.