Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ޓޫރިސްޓަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފި

ކ. ގުރައިދޫ --

ޓޫރިސްޓަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ ކ. ގުރައިދޫއާ އެއް ފަޅެއްގައި އޮންނަ ފަޅުރަށެއް ކަމަށްވާ ޅޮސްފުށީގެ ފުއްޓާރާ ދިމާ ބޭރަށް އެކަނި މޫދަށް އެރި އުޅުނު 28 އަހަރުގެ ޗައިނާގެ ފަތުރުވެރިޔަކު ކަނޑޫމާ ރިސޯޓްގެ ދޯންޏަކަށް ނަގައި އޭނާ ސަލާމަތްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި އެމީހާ ޑައިވިން ދޯންޏަށް ނަގައި ކަނޑޫމާ ރިސޯޓަށް ގެންދިޔަ ކަމަށެވެ. އެ ދޯންޏަށް އެމީހާ ނަގަން އުޅުމުން އެކަމާ އެމީހާ ދެކޮޅު ހެދި ކަމަށްވެސް ފުލުހުން ބުންޏެވެ.

ނަމަވެސް އެގޮތަށް އޭނާ ދޫކޮށްލާފައި ނުދާނެ ކަމަށް ދޯނިން ބުނުމުން އެ މީހާ ދޯންޏަށް އެރި ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ވިދާޅުވީ އޭނާ ނެގި އިރު ނޭވާ ކުރުވެ ވަރަށް ބޮޑަށް ވަރުބަލިވެފައިވާ ކަމަށެވެ. ނަމަވެސް އެމީހާ މޫދުގައި އޮތީ ލައިފްޖެކެޓެއް އަޅައިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ކަނޑޫމާ ރިސޯޓަށް ގޮސް، ފަތުރުވެރިޔާއާ ސުވާލުކޮށް، ގުރައިދޫގައި އޭނާ ހުންނަ ގެސްޓް ހައުސްގެ މެނޭޖްމަންޓާ ވެސް ވާހަކަދައްކާފައިވާ ކަމަށެވެ.