Last Updated: March 28, 13:49
Thursday, March 28, 2024
ވިޔަފާރި

ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިިދިޔަ މާޗް މަހުގެ 15 ވަނަދުވަހުއެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ގެންދާނީ 11 ރުފިޔާ 49 ލާރިއަށްކަމަށެވެ. މީގެކުރިން ޕެޓްރޯލް ލީޓަރެއް ލިބެނީ 10.70 ލާރިއަށެވެ. އަގަށް ބަދަލު އައުމުގެ ކުރިން ޑީސަލް ލީޓަރެއް އެސްޓީއޯގެ ތެޔޮ ކުންފުނި، އެފްއެސްއެމްއިން ވިއްކަމުން ގެންދިޔައީ 11.61 ލާރިއަށެވެ. މިހާރު ޑީސަލް ލީޓަރެއް ލިބޭނީ 12.11 ލާރިއަށެވެ.

އެސްޓީއޯއިން ބުނީ، ތެލުގެ އަގުތަކަށް ބަދަލު ގެނަންޖެހުނީ ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، އެކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމުން ކަމަށެވެ. ސާފުނުކުރާ ތެލުގެ އަގު މި އަހަރު ކުރީކޮޅުން ފެށިގެން ގާތްގަނޑަކަށް 30 އިންސައްތަ ބޮޑުވެފައިވާކަމަށް އެސްޓީއޯއިން ވަނީ ބުނެއެވެ.