Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

ރޯދަ އަށް އުރީދޫ އިން ހާއްސަ ހިދުމަތްތަކެއް ތައާރަފްކޮށްފި

މާދަމާ ފަށާ ރޯދަ މަހަށް އުރީދޫގެ ކަސްޓަމަރުންނަށް ޚާއްޞަ ޑިޖިޓަލް ޚިދުމަތްތަކަކާއި ޕްރޮމޯޝަންތަކެއް މިއަދު ތަޢާރަފް ކޮށްފިއެވެ.

ރަމަޟާން މަހުގެ ޚާއްޞަ އޮފަރތައް އިއުލާނު ކުރަން އުރީދޫ އިން މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެކުންފުނިން ވަނީ ކޮންމެ ރަމަޟާން މަހަކުވެސް ގެނެސްދޭ ރޯދަމަހަށް ޚާއްޞަ ވީޑިއޯ ޙިއްސާކޮށްފައެވެ. މިއަހަރުގެ ވީޑިއޯ އިން ގެނެސްދީފައިވަނީ، މި ބަރަކާތްތެރި މަހުގައި، އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް، ގާތްތިމާގެ ގުޅުންތައް އަލުން އާލާކުރުމުގެ މުހިއްމުކަމެވެ.

އުރީދޫ އިން ބުނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަސްޓަމަރުންނާއި ހަމައަށް ލިބިގެންދާ ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި:

ރަމަޟާން ޑޭޓާ ކޮމްބޯ

މި ޚާއްޞަ ޕެކް މެދުވެރިކޮށް އެންމެ 25ރފ. އަށް އުރީދޫގެ 4ޖީ+ ނެޓްވަރކުގައި ބޭނުންކޮށްލަން 1ޖީބީ ޑޭޓާ، އަދި ގާތްތިމާގެ ބޭފުޅުންނަށް ގުޅާލަން 100 މިނިޓް. މިޕެކް ކޮންމެ ދުވަހަކު ހެނދުނު 5.00 އިން ހަވީރު 5.00 އަށް ބޭނުންކޮށްލެވޭނެ.
އެކްޓިވޭޓް ކުރެއްވުމަށް *929*1*1# ޖައްސަވާ.

އެމް-ފައިސާ ކޭޝްބެކް އޮފަރ

ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހަކުވެސް، އެމް-ފައިސާއިން ކުރައްވާ ކޮންމެ ރާސްޓަސްއެއްގެ %10، އެމް-ފައިސާގެ ގޮތުގައި އަނބުރާ ލިބޭނެ. އެމް-ފައިސާ ވޮލެޓުގައިވާ ލާރި ނެންގެވުމުގެ އިތުރުން، ވިޔަފާރިތަކަށް ލާރިދައްކާ، ބިލުތައް ދައްކައި، އަދި އާއިލާ އާއި ރައްޓެހިންނަށް ޓްރާންސްފަރވެސް ކޮށްލެވޭނެ.

އުރީދޫ އެމް-ފައިސާ އެޕް ޑައުންލޯޑުކޮށް، އޮންލައިކޮށް ރަޖިސްޓަރ ކޮށްލުމަށް، http://ore.do/mm އަށް ޒިޔާރަތްކުރައްވާ.

ސައުދީ އައިޑީޑީ އޮފަރ

މި ރަމަޟާން މަހު ސައުދީ އަށް ގުޅާލުން ފަސޭހަކޮށްދޭ ޕެކޭޖެއްކަމުގައިވާ ސައުދީ ޕްލޭން 150 މެދުވެރިކޮށް ސައުދީގައިވާ އާއިލާ އާއި ރައްޓެހިންނަށް ގުޅާލުމަށް 75 ހިލޭ މިނިޓް ލިބިގެންދާނެ. ހަމައެހެންމެ، މި ޕެކް ޚިޔާރުކުރައްވާ ކޮންމެ ބޭފުޅަކަށްވެސް، 2ޖީބީ ހިލޭ ޑޭޓާ ލިބިވަޑައިގަންނަވާނެ.
އެކްޓީވޭޓް ކުރެއްވުމަށް، *929*3*2# ޖައްސަވާ.

ސެމްސަންގ އޮފަރ

ވަރަށް ފުރިހަމަ އިންސްޓޯލްމަންޓް ޕެކޭޖުތަކާއި އެކު، ސެމްސަންގގެ އައު ފޯނުތައް ކަމަށްވާ އެމް20 އަދި އޭ50، އުރީދޫ އެކްސްޕީރިއަންސް ފިހާރަތަކުން ލިބެންހުންނާނެ.

ފޯނު ބައްލަވައިގަތުމަށް، އެންމެ ކައިރީ އުރީދޫ ފިހާރައަކަށް ޒިޔާރަތް ކުރައްވާ.

ސުޕަރނެޓް އޮފަރ

މި ރޯދަ މަސްތެރޭގައި އުރީދޫގެ ސުޕަރނެޓް ފައިބަރ ބްރޯޑްބޭންޑް އެކްޓިވޭޓް ކުރެއްވުމަށް ފަހު 6 މަސް ދުވަހުގެ މުއްދަތަށް %30 ބޯނަސް ހޯއްދަވާ.

ސުޕަނެޓް ޚިޔާރުކުރެއްވުމަށް، އެންމެ ކައިރީ އުރީދޫ ފިހާރައަކަށް ޒިޔާރަތް ކުރައްވާ

ވައިބަރ ނަމާދު ވަގުތު

ވައިބަރ މެދުވެރިކޮށް ކޮންމެ ބޭފުޅަކަށްވެސް ނަމާދު ވަގުތު އަންގައިދޭ، "ބަންގި ޗެނަލް"އެއް ވަނީ އުރީދޫ އާއި ވައިބަރ ގުޅިގެން ތައާރަފްކޮށްފައި. ނަމާދު ވަގުތުގެ ހަނދުމަކޮށްދިނުމުގެ އިތުރުން ބަނގި ޗެނަލް މެދުވެރިކޮށް، ޤިބްލަ ހޯދައި، ޒަކާތް ހިސާބުކޮށް، ނަމާދުގެ ތާވަލުތައް ބަލާލުން ފަދަ މުޙިއްމު އަދި ފަސޭހަ ޚިދުމަތްތަކެއް ލިބިގެންދޭ.

ބަންގި ޗެނަލްގެ ޚިދުމަތް ހޯއްދެވުމަށް،http://ore.do/prayer އަށް ޒިޔާރަތް ކުރައްވާ

އޮންލައިން ސިޔަރަތު

މި ރަމަޟާން މަހު، ކޮންމެ ތަނެއްގައި ތިބެގެން އަދި ކޮންމެ ވަގުތަކުވެސް، އުރީދޫ ކަސްޓަމަރުންނަށް މޮބައިލް މެދުވެރިކޮށް ސިޔަރަތު އަޑުއެއްސެވޭނެ.

ސިޔަތަރު އަޑުއެއްސެވުމަށް،http://ore.do/siyarath އަށް ޒިޔާރަތް ކުރައްވާ

މަސް ރޭސް މޮބައިލް

ދިވެހިންގެ ތެރޭގައި، އުރީދޫ މަސްރޭހަކީ ރޯދަމަހުގެ ވަރަށް ޚާއްޞަ ހަރަކާތެއް. މިގޮތުން މިއަހަރު، ސްމާޓްފޯނު މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނާއި ވާދަކޮށް، މަސްރޭހުގެ ފޯރީގައި ބައިވެރިވެވޭނެ. ހަމައެހެންމެ، މުޅި ޤައުމަށް ހުޅުވާލެވިފައިވާ މި މަސްރޭސް މޮބައިލް ގޭމުގެ އެންމެ މޮޅު ކެޔޮޅަކަށް، ކޮންމެ ހަފްތާއަކުވެސް ވަރަށް ފުރިހަމަ އިނާމުތަކެއް ލިބިގެންދާނެ.

މަސްރޭސް މޮބައިލް ޑައުންލޯޑް ކުރެއްވުމަށް،http://ore.do/Masrace އަށް ޒިޔާރަތްކުރައްވާ

ލައިވް ތަރާވީސް
ރާއްޖޭގައި ފުރަތަމަ ފަހަރަށް މޯބައިލް މެދުވެރިކޮށް މައްކާއިން ތަރާވީސް ލައިވްކޮށް ބައްލަވާލެއްވުމަށް،http://ore.do/app އަށް ޒިޔާރަތް ކުރައްވާ

ޓެކްސްޓް އޭން އިފްތާރް

މިހާރު އާއިލާ އަދި ރައްޓެހިންނަށް ރޯދަވީއްލުމެއްވެސް، ފޯނު މެދުވެރިކޮށް ހަދިޔާ ކޮށްލެވޭނެ. އުރީދޫ ބިލް އަށް ނުވަތަ ކްރެޑިޓުން ޗާޖް ކުރެވޭގޮތަށް ރޯދަވީއްލުމެއް ހަދިޔާ ކޮށްލެވޭ ޓެކްސް އަ ކޮފީގެ ޚިދުމަތް، ރާއްޖޭގެ ކޮންމެ ތަނަކުންވެސް އުރީދޫ ކަސްޓަމަރުންނަށް ބޭނުންކޮށްލެވޭނެ.

ޓެކްސްޓް އަ ކޮފީގެ، ރޯދަ އަށް ޚާއްޞަ މި ޚިދުމަތް ހޯއްދެވުމަށް،http://ore.do/txtcofy އަށް ޒިޔާރަތް ކުރަށްވާ.

ރޯދަމަހު މުޅިން ހިލޭ ލިބޭ ޚިދުމަތްތައް:

• އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު ހޯއްދެވުމަށް، GO ޖެއްސެވުމަށްފަހު 4777 އަށް ފޮނުއްވާ.
• ރީތި ޓިއުންސް ޚިދުމަތް މެދުވެރިކޮށް ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ އަދި މަދަހަ ހޯއްދެވުމަށް، “Buy<space>Tune ID” ޖެއްސެވުމަށްފަހު 4000 އަށް ފޮނުއްވާ.
• ފާއިތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، އުރީދޫ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ބޭނުންކުރައްވައިގެން ފިތުރު ޒަކާތް ދެއްކޭނެއެވެ. ފިތުރު ޒަކާތް ދެއްކެވުމަށް *909# އަށް ގުޅުއްވުމުން، އެއްވެސް އިތުރު އަގަކާއި ނުލާ ޒަކާތް ދެއްކޭނެއެވެ. ހަމައެހެންމެ، އެމް-ފައިސާ މެދުވެރިކޮށްވެސް، ކޮންމެ ބޭފުޅަކަށް ފިތުރު ޒަކާތް ދެއްކޭނެއެވެ.