Last Updated: April 18, 22:36
Thursday, April 18, 2024
ވިޔަފާރި

މި ރޯދަމަހު ހެޕީމާކެޓުން ތަކެތި ވިއްކާނީ އެންމެ ހެޔޮ އަގުގައި!

ހެޕީ މާކެޓުން ވިއްކާ ހުރިހާ މުދަލެއްގެ އަގު ރޯދަ މަސް ނިމެންދެން އެންމެ ކުޑަ އަގުގައި ފޯރުކޮށްދޭން ނިންމައިފިއެވެ.

ހެޕީ މާކެޓުގެ ސީއީއޯ އަލީ އިހުސާން މިއަދު ވިދާޅުވީ ރޯދަ މަހަކީ ބައެއް ބާވަތްތަކުގެ ކާބޯތަކެތި ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށް ވުމުން ބާޒާރުގައި ތަކެތީގެ އަގު އުފުލުމަކީ ކޮންމެ ރޯދަ މަހަކުވެސް ދިމާވާ ކަމެއް ކަމަށެވެ. ނަމަވެސް އާދަޔާ ހިލާފަށް ބައެއް ބާވަތްތަކުގެ ކާބޯތަކެތީގެ އަގު މިއަހަރުގެ ރޯދަ މަހާއި ގުޅިގެން އުފުލެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

"މިކަމުން ރައްޔިތުންނަށް ދިމާވާނެ ދަތިކަން އިހުސާސްވާ ހާލު، އަޅުގަނޑުމެންގެ ކުންފުނިން ވިއްކަމުންދާ ހުރިހާ މުދަަލެއްގެ އަގު ރޯދަ މަސް ނިމެންދެން ބެހެއްޓޭނެ އެންމެ ހެޔޮ އަގުގައި ހިފަހައްޓާނެ ކަމުގެ ޔަގީންކަން އަރުވަން" އިހުސާން ވިދާޅުވިއެވެ.

އެގޮތުން ވަކިން ހާއްސަކޮށް ފިނިކުރި ކުކުޅާއި ކުކުޅުގެ ބައިތައް އަދި ކުކުޅު ބިހުގެ އަގު ބޮޑުވިޔަނުދީ ކޮންޓްރޯލް ކުރާނެ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ. އަދި މިގޮތަށް އެހެން ވިޔަފާރިވެރިން ވެސް އަމަލުކޮށްދެވެން އޮތްނަމަ އެކަން އެގޮތަށް ކޮށްދިނުމަށް ވެސް އިހުސާން ވަނީ ގޮވާލާފައެވެ.