Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

ލަންކާގައި މިރޭވެސް ކާފިއު ހިންގަނީ

ސްރީލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގައި މިރޭ ވެސް ކާފިއު އިއުލާންކޮށްފިއެވެ.

ލަންކާގެ ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރަ ވިދާޅުވީ ކާފިއު ހިންގުމަށް ހަމަޖެހިފައިވަނީ މިރޭ 9 އިން ފެށިގެން ފަތިހު 4 ޖެހުމާ ހަމައަށް ކަމަށެވެ.

ލަންކާގައި އަނެއްކާވެސް ކާފިއު އިއުލާންކޮށްފައިމިވަނީ އެގައުމުގެ ބައެއް ސަރަހައްދުތަކުގައި މުސްލިމުން ހިންގަމުން އަންނަ ފިހާރަތަކަށާއި މިސްކިތްތަކަށް ފާއިތުވި ދުވަސްތަކުގައި ހަމަލާތައް ދިނުމުން މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ހަމަލާތަކާ ގުޅިގެން ލަންކާގައި ބައެއް ސަރަހައްދުތަކުގައި މިއަދުގެ އެކި ވަގުތުތަކުގައި މީގެކުރިން ވެސް ވަނީ ކާފިއު ހިންގަން ފަށާފައެވެ.

މުސްލިމުންނަށް އަމާޒުކޮށް ލަންކާގެ ގްރޫޕްތަކަކުން ހަމަލާތައް ދޭން ފަށާފައިމިވަނީ، މިދިޔަ މަހުގެ ފަހުކޮޅު ލަންކާގެ ބައެއް ފައްޅިތަކަކަށް އަމާޒުކޮށް ބޮމުގެ ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ އެކަމުގެ ބަދަލު ހިފުންތަކެެއްގެ ތެރެއިން ހިނގަމުންދާ ހަމަނުޖެހުންތަކެކެވެ.

ބޮމުގެ ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވިއިރު، އެ ހަމަލާގެ ޒިންމާ އައިއެސް ހަނގުރާމަވެރި ޖަމާއަތުން ވަނީ އުފުލާފައެވެ.