Last Updated: April 23, 23:56
Tuesday, April 23, 2024
ސިޔާސީ

ނާއިބުންގެ އިނާޔަތުގެ ބިލް ތަސްދީގު ނުކުރެއްވުމުން ރައްޔިތުންގެ ތައުރީފު ރައީސަށް!

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު -- ފޮޓޯ / ރައީސް އޮފީސް

ކުރީގެ ނާއިބުންނަށް އިނާޔަތް ދިނުމުގެ ތަސްދީގު ނުކުރައްވާ އިތުރު ވިސްނުމަކުން އެ ބިލާއި މެދު ވިސްނުމަށް މަޖިލީހަށް ފޮނުވާލުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ރައްޔިތުން ތައުރީފު ކުރައްވައިފިއެވެ.

ކުރީގެ ނާއިބު ރައީސުންނަށް އިނާޔަތް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުން ސޯޝަލް މީޑިއާގައި ރައްޔިތުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ކުރުގޮތަކަށް ދަންނަވާނަމަ ރައްޔިތުން "ރަތަށް" އެރިއެވެ. ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ހުށަހެޅުއްވި އެ ބިލު މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 18ވަނަ ދުވަހުއެވެ.

މި ބިލު މަޖިލީހުން ފާސްކުރުމުން ބައެއް ރައްޔިތުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ނާއިބު ރައީސުންނަށް އިނާޔަތް ދޭނަމަ އިނާޔަތް ދޭން ވާނީ ރައްޔިތުން އިންތިހާބު ކޮށްފައިވާ ނާއިބު ރައީސުންނަށް އެކަނި ކަމަށެވެ. ބައެއް ރައްޔިތުން އޭރު ބުނިގޮތުގައި ރައީސް ސާލިހު އެ ބިލު ތަސްދީގު ކުރައްވައިފި ނަމަ އެއީ ރައްޔިތުންގެ ބައިތުލްމާލުން ބޭކާރު އެތައް ހަރަދެއް ކުރުމުގެ ފެށުން ކަމަށް ސިފަ ކޮށްފައިވާއިރު އަނެއްބައި މީހުން ބުނަނީ ކުރު މުއްދަތަކަށް ނާއިބު ރައީސްކަން ކޮށްފައިވާ ތިބި ފަރާތްތަކަށް އިނާޔަތެއްވެސް އަދި ސެކިއުރިޓީއެއް ވެސް ލިބިގެން ނުވާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ހޫނު ބަހުސްތަކެއް ކުރިއަށްދިޔަ އެ މައްސަލާގައި އޭރު ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ރައްޔިތުންގެ އެހާ ބޮޑު ކަންބޮޑުވުމެއް އެފަދަ ކަމެއްގައި އެކުލެވިގެންވާ ނަމަ އެފަދަ ބިލެއް ތަސްދީގު ކުރެއްވުމުގެ ކުރިން ރައީސް ވިސްނަވާނެ ކަމަށެވެ. ނަމަވެސް އަދި އެކަމަށް ގޮތެއް ނުނިންމަވާ ކަމަށްވެސް ހޫދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
އެންމެ ފަހުން އިއްޔެ ފެނިގެން ދިޔައީ ކުރީގެ ނާއިބު ރައީސްކަން ކޮށްފައި ތިބި ފަރާތްތަކަށް އިނާޔަތް ދިނުމަށް މަޖިލީހުން ފާސްކުރި ބިލު އަނބުރާ މަޖިލީހަށް ފޮނުވާލި މަންޒަރެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު އިބްރާޙީމް ހޫދު ވިދާޅުވީ އެ ބިލު ތަސްދީގު ނުކޮށް އަނބުރާ ރައީސް ޞާލިޙު ފޮނުވާލެއްވީ އެ ބިލު ޤާނޫނު އަސާސީގެ ރޫޙާއި ޚިލާފު ކަމަށް ރައީސަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ. ހޫދު ވިދާޅުވީ ކުރު މުއްދަތެއްގައި ނާއިބު ރައީސްކަން ކުރައްވާފައި ތިއްބެވި ފަރާތްތަކަށް އިމްތިޔާޒުތަކާއި އިނާޔަތް ލިބިވަޑައިގަންނަވާނެކަމަށް މަޖިލީހުން ފާސްކުރި ބިލްގައި ބަޔާންކޮށްފައިވާއިރު އެއީ އެންމެ ރަނގަޅު ނިންމުންކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

މި ބިލު ރައީސް ތަސްދީގު ނުކުރައްވާ އަނބުރާ މަޖިލީހަށް ފޮނުވާލުމުން ރައީސް ސާލިހަށް ގިނަ ބަޔަކު ވަނީ ތައުރީފު ކުރައްވާފައެވެ. ގިނަބަޔަކު ބުނަނީ އެފަދަ ކަމެއް ރައީސް ނުކުރެއްވީތީ ރައީސަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. ބައެއް މީހުން ބުނީ ދައުރު ފުރިހަމަ ނުކުރާ ނާއިބު ރައީސުންނަށް އިނާޔަތް ދީގެން ނުވާނެ ކަމަށެވެ.

https://platform.twitter.com/widgets.js

https://platform.twitter.com/widgets.js

https://platform.twitter.com/widgets.js

https://platform.twitter.com/widgets.js

މި ބިލްގައި ނާއިބު ރައީސްކަން ކުށްވެރިނުވެ އަދާކުރައްވައިފި ކޮންމެ މީހަކަށް ދައުލަތުން 35000 ރުފިޔާ ދޭންޖެހޭނެކަމަށާއި އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ސަލާމަތީ ޚިދުމަތް ފޯރުކޮށްދޭންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެމީހަކު އެދިއްޖެނަމަ މާލޭގައި އެއްގަމު ދަތުރުފަތުރުގެ ވަޞީލަތްތައް ދައުލަތުގެ ޚަރަދުގައި ސަލާމަތީ ޚިދުމަތްތަކުން ފޯރުކޮށްދޭން ޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ޑިޕްލޮމެޓިކް ޕާސްޕޯޓާއި، ވީ.އައި.ޕީގެ ޚިދުމަތްވެސް ދައުލަތުން ފޯރުކޮށްދޭންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.