Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ޖަމީލަކީ ސިޔާސީ ގޮތުން ވަރުގަދަ ބޭފުޅެއް: ނިހާން

ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދަކީ ސިޔާސީ ގޮތުން ވަރަށް ވަރުގަދަ ބޭފުޅެއް ކަމަށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ ޖަމީލްއާއެކު ނަގާފައިވާ ފޮޓޯއަކާއެކު މިރޭ ކުރެއްވި ޓްވީޓެއްގައެވެ. ބެލެވޭ ގޮތުގައި މި ފޮޓޯ ނަގާފައިވަނީ ޕީޕީއެމްގެ އޮފީހުގައެވެ.

ޖުމްހޫރީ ޕާޓީގައި މިވަގުތު ޖަމީލު ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ޕީޕީއެމް ވަރުގަދަ ކުރުމަށް ޖަމޯލު އެ ޕާޓީއާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރެން ފަށާފައެވެ.

ޖަމީލަކީ ޕީޕީއެމްގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސްއެވެ. އޭނާ ޕީޕީއެމްއިން ވަކިވެވަޑައިގެންފައިވަނީ ނައިބު ރައީސްގެ މަގާމުން ދުރުކުރުމާއެކުއެވެ. އޭގެ ފަހުން ޖަމީލު ރާއްޖެ އިން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވިއިރު ޔާމީންގެ ވެރިކަމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ޖަމީލު ހިމެނިވަޑައިގަންނަވައެވެ.

މިދިޔަ މަޖިލިސް އިންތިހާބުގައި ޖަމީލު ވަނީ ވިލިމާލެ ދާއިރާ އަށް ވާދަކުރައްވާފައެވެ. ނަމަވެސް ޖަމީލްއާ ވާދަކުރައްވާ އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު އުޝާމްއެވެ.