Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް ބޭފުޅަކު އައްޔަންކޮށްފި

ރައީސް އޮފީސް : ފޮޓޯ: ސަން

އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

އެގޮތުން މި މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވާފައިވަނީ މަރްޔަމް ނާޡިމާ އެވެ.

ނާޡިމާ އަކީ މީގެ ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ނާޡިމާ ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތް އެންޑް ސްޕޯޓްސްގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އެމްޕްލޯއީމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމު ވެސް ހިމެނެއެވެ.

ނާޡިމާ ވަނީ އިންޑިޔާގެ ނިއު ދިއްލީއިން މާސްޓަރސް އިން ހިއުމަން ރިސޯސަސް ޕްލޭނިންގް އެންޑް ޑިވެލޮޕްމަންޓް ހާސިލު ކުރައްވައި، އޮސްޓްރޭލިއާއިން ބެޗެލަރ އޮފް ކޮމަރސް އިން ހިއުމަން ރިސޯސަސް މެނޭޖްމަންޓް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް ހާސިލްކުރައްވާފައެވެ.