Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

މުވައްޒަފުންތަކެއް އެއްފަހަރާ ވަކިވިކަމަށް ދައުރުވަނީ ދޮގު ވާހަކައެއް: މޯލްޑިވިއަން

ކުންފުނީގެ ޓެކްނިކަލް ސްޓާފުންތަކެއް އެއްފަހަރާ ވަޒީފާއިން ވަކިވިކަމަށް ދައުރުވާ މެސެޖަކީ ސައްޙަ މައުލޫމާތެއް ނޫންކަމަށް ދިވެހި ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ބުނެފިއެވެ.

މޯލްޑިވިއަންއިންކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކުންފުނީގެ ޓެކްނިކަލް ސްޓާފުންތަކެއް އެއްފަހަރާ ވަޒީފާއިން ވަކިވިކަމަށް ދައުރުވާ މެސެޖަކީ ސައްޙަ މައުލޫމާތެއް ނޫންކަމަށާއި، ކުންފުނީގެ އޮޕަރޭޝަނަށް ބުރޫ އަރާފަދަ އެއްވެސްކަމެއް ނުހިނގާކަން ޔަޤީންއަރުއްވާ ކަމަށެވެ. މޯލްޑިވިއަންއިން މިހެން ޓުވީޓުކޮށްފައިވަނީ އެ ކުންފުނީގެ އޮޕަރޭޝަން ހިންގުމާއި އަދި ސަލާމަތްތެރިކަމަށް ޒިންމާދާރުވާ ގިނަ އަދަދެއްގެ މޯލްޑިވިއަންގެ ސްޓާފުންތައް އެއްފަހަރާ މަގާމުތަކުން އިސްތިއުފާދިން ކަމުގެ މެސެޖު ދައުރުވަމުން ދަނިކޮށެވެ.

މޯލްޑިވިއަންގެ ޓެކްނިކަލް ސްޓާފުންތަކެއް އެއްފަހަރާ ވަޒީފާއިން ވަކިވިކަމަށް ދައުރުވާ މެސެޖުގައި ހިމެނޭ މަގާމުތަކަކީ:
ކޮމްޕެނީ ސޭޕްޓީ ޕައިލެޓް
ކޮމްޕެނީ ހެޑް އޮފް ޓްރެއިނިންގް އެންޑް ސްޓޭންޑަރޑްސް
ޑީއެޗްސީ- 8 ޗީފް ޕައިލެޓް
ޓްރެއިނިންގެ ކެޕްޓަން އޮފް ސީ ޕްލޭން އޮޕަރޭޝަންސް
ސީ ޕްލޭން އޮޕަރޭޝަންސް ހެޑް/ ކެޕްޓަން
އެއަރބަސް ޓްރެއިނިންގް ކެޕްޓަން
ކޮމްޕެނީ އޭޓީއޯ
ކުންފުނީގެ ހުރިހާ ޕައިލެޓުން ޓްރެއިނިންގެކުރުމާ އަދި ފެންވަރު ބެލުމުގެ ހުއްދަދެވިފައިވާ (5 ސީނިއަރ އެގްޒަމިނަރސް/ އިންސްޓްރަކްޓަރސް)
ހެޑް އޮފް ޕްލައިޓް އޮޕަރޭޝަންސް އެޑްމިނިސްޓްރޭޝަންސް
އެއަރބަސް ފްލީޓް (2 މޯލްޑިވިއަން ސީނިއަރ ލައިން ކެޕްޓަން)
ޑޭޝް 8 ފްލީޓް (2 މޯލްޑިވިއަން ސީނިއަރ ކެޕްޓަން)
ފްލޯޓް ފްލީޓް (2 މޯލްޑިވިއަން ސީނިއަރ ކެޕްޓަން/ އިންސްޓްރަކްޓަރ)
ފްލޯޓް އޮޕަރޭޝަންސް (2 ސީނިއަރ ލައިން ކެޕްޓަން އަދި 2 ފަސްޓް އޮފިސަރ)

މީގެ އިތުރަށް ޑައިރެކްޓަރ ފްލައިޓް އޮޕަރޭޝަންސް އަދި އެސިސްޓެންޓް ފްލައިޓް އޮޕަރޭޝަންގެ މަގާމުން ސްޓާފުން ދުރުކޮށްފައިވާކަމަށްވެސް އެ މެސެޖުގައި ބުނެފައި ވެއެވެ. އަދި ހެޑް އޮޕް އިންޖިނިއަރިންގ، ހެޑް އޮފް ކުއަލިޓީ ، މިދެ މަގާމުގައިތިބި މުވައްޒަފުން އެހެން ސެކްޝަނަކަށް ބަދަލުކޮށްފައިވާ ވާހަކަ ދައުރުވަމުންދިޔަ އެ މެސެޖުގައި ބުނެފައި ވެއެވެ.

ނަމަވެސް މޯލްޑިވިއަންއިންވަނީ މިކަން ދޮގު ކޮށްފައެވެ.