Last Updated: April 24, 09:14
Wednesday, April 24, 2024
ޚަބަރު

ކޮމަންވެލްތާއި ގުޅުމަށް ހުށަހަޅަންޖެހޭ ލިޔުންތައް ހަވާލުކޮށްފި

ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމަށް ހުށަހަޅަންޖެހޭ ލިޔުންތައް ކޮމަންވެލްތާއި ހަވާލުކޮށްފިއެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑާއި މި ލިޔުންތައް ހަވާލުކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.

ކޮމަންވެލްތުގެ މެމްބަރެއްގެ ގޮތުގައި އޮތުމަށް ފަހު އެ ޖަމާއަތުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުއެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން އަލުން އެ ޖަމާއަތުގައި ބައިވެރިވުމަށް މިހާރު ވަނީ ރަސްމީކޮށް ހުށަހަޅުއްވައިފައެވެ.

ކޮމަންވެލްތާ ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ އެއް ވައުދެވެ. އެމަނިކުފާނުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން މަޖިލީހަށް ހުށަހެޅުން ހިމެނުނުއިރު މަޖިލީހުން ވަނީ މިދިޔަ ޑިސެމްބަރު މަހުތެރޭ ކޮމަންވެލްތާއި އަލުން ގުޅުމަށް ފާސްކޮށްފައެވެ.

ރާއްޖެއިން ކޮމަންވެލްތްގައި ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ. އަދި ވަކި ވެފައިވަނީ 13 އޮކްޓޫބަރު 2016 ގައެވެ.