Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ފިހާރައަކުން ވަގަށް ނެގި ފައިސާތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި

ޅ.ނައިފަރުގެ ފިހާރައަކުން ވަގަށް ނެގި ފައިސާތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 6:15 ހާއިރު ނައިފަރުގެ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވައްކަން ކޮށްފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އަދި މިއަދު މެންދުރު 11:40 ހާއިރު ކޯޓު އަމުރެއްގެ ދަށުން މި މައްސަލައިގައި ތުހުމަތުކުރެވޭ 29 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އެ ފިހާރައިން ވަގަށް ނަގާފައިވާ 1100 ރުފިޔާ އާއި 750 ޑޮލަރުގެ ތެރެއިން 556 ޑޮލަރާއި 20 ޔޫރޯ އާއި 845 ރުފިޔާ އާއި ވައްކަން ކުރުމަށް ބޭނުންކުރި ތަކެތި ވެސް މިހާރު ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.