Last Updated: April 16, 17:11
Tuesday, April 16, 2024
ޚަބަރު

އެކްސިޑެންޓެއްގައި މެމްބަރު ހަސަންޓޭ އަށް އަނިޔާވެއްޖެ

ރޭ ހިނގި އެކްސިޑެންޓެއްގައި އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން މުހައްމަދު (ހަސަންޓޭ) އަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓެއްގައި ހަސަންޓޭގެ ފަޔަށް އަނިޔާވެފައިވާއިރު ނިއްކުރި ވެސް ވަނީ ފަޅައިގެން ގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މެމްބަރު ހަސަންޓޭ އަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ގެެއަަށް ދޫކޮށްލާފައެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ކުއްލިއަކަށް މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިން މެމްބަރު ހަސަންޓޭ ނައްޓަން އުޅުމުގެ ތެރޭގައި ކަހާލައިގެން ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ 22:15 އާއި 23:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުނެއެވެ.

މެމްބަރު ހަސަންޓޭ އަކީ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅަކަށްވާއިރު، އެމްޑީޕީގެ މެމްބަރުން އަންނަނީ ސޯޝަލް މީޑިޔާގައި އޭނާ އަށް އަވަސް ޝިފާއަކަށް އެދި މެސެޖުތައް ކުރަމުންނެވެ.