Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

ޖުޑީޝަލް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ކުރިއަށްދަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން

ޖުޑީޝަލް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ފެށިގެން ކުރިއަށް އެބަދެއެވެ.

ޖުޑީޝަލް ކައުންސިލުން ބުނީ މިއީ ގާނޫނު އަސާސީއާ ގާނޫނުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަށް ލިބިދީފައިވާ އިޙްތިޞާސްގެ ބޭރުންގެ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ އިހްތިސާސް އަށް ހުރަސްއެޅުމަށް އެ ކޮމިޝަނުން ކުރައްވަމުން ގެންދަވާ އަމަލުތަކާ ގުޅިގެން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

އެކައުންސިލުން ކުއްލި ބައްދަލުވުމެއް ބާއްވަމުން ގެންދާއިރު މިރޭގެ ވަގުތެއްގައި ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

ނަމަވެސް އެ ބައްދަލުވުމަކީ މިރޭ 9:00ގައި އޮންނަ ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް އެ ކޮމިޝަނުން ހާޒިރު ކުރާތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށް ޖޭއެސްސީން ބުނެއެވެ.