Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

އަށް އަހަރުގެ ކުއްޖާއާ ބެހުނު މީހާގެ ބަންދަށް 15 ދުވަސް

އަށް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވަނީ 58 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދަށް 15 ދުވަސް ޖެހީ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު މެދު ރާއްޖެތެރޭގެ ރަށެއްގައި އަށް އަހަރުގެ ކުޑަކުއްޖަކާއި މެދު ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

މިކަން ހިނގާފައިވާ ރަށް ފުލުހުން ހާމަކޮށްފައިނުވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ އއ.އަތޮޅެއްގެ ރަށެއްގައެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ގޮތުގައި ތަހުގީގުކުރާ މައްސަލަތަކަކަށް ވާތީ މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތެއްގެ މައުލޫމާތު ހާމަނުކުރާނެ ކަމަށެވެ.