Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ރައްޔިތުންގެ މަޖިލިސް އުވާލަން ސުޕްރީމް ކޯޓަށް ހުށަހަޅަނީ

19 ވަނަ ރައްޔިތުންގެ މަޖިލިސް އުވާލަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅަން ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ޖުމްހޫރީ ޕާޓީގެ ކުރީގެ ކައުންސިލް މެންބަރު މޫސާ އަންވަރު ނިންމައިފިއެވެ.

މޫސާ އަންވަރު މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ގާނޫނު އަސާސީއާ އިސްލާމްދީނުގެ ދިފާއުގައި 19ވަނަ ރައްޔިތުންގެ މަޖިލިސް އުވާލައި އަވަސް އިންތިޚާބެއް ބޭއްވުމަށް އަމުރު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އަދި ބުނީ އެކަމަށް ތާއީދު ނުކުރާނީ އެމްޑީޕީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ތާއިދު ކުރާ މެންބަރުން އެކަނި ކަމަށެވެ. އެހެން ހުރިހާ ސިޔާސީ ޕާޓީއަކުން އެކަމަށް ތާއީދު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

ރައްޔިތުން މަޖިލިސް އުވާލަން މޫސާ އަންވަރު ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދަން ނިންމާފައިވާއިރު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ސަސްޕެންޑު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން އުވާލަން ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. ނަމަވެސް ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމެހެއްޓުމަށް އެ ކޮމިޝަނުން ވަނީ މިހާރު ވަނީ ނިންމާފައެވެ.