Last Updated: March 29, 18:55
Friday, March 29, 2024
ވިޔަފާރި

އަނެއްކާވެސް ތެލުގެ އަގު ހެޔޮކޮށްފި

އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

އެސްޓީއޯ އިން އަނެއްކާވެސް ތެލުގެ އަގު ހެޔޮކޮށްފިއެވެ.

މިއީ މިއަހަރު އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކުރި ތިންވަނަ ފަހަރެވެ.

މި ބަދަލާއި އެކު ކުރީގެ ޑީސަލް ލީޓަރެއްގެ އަގުން 78 ލާރި ކުޑަވާނެއެވެ. އަދި ޕެޓްރޯލް ލީޓަރަކުން 26 ލާރި ކުޑަވާނެއެވެ.

މިގޮތުން ޝެޑް ތަކުން ޕެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 11.13 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއް ލިބެން ހުންނާނީ 11.19 ރުފިޔާ އަށެވެ.