Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

އައިޖީއެމްއެޗްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އައިޖީއެމްއެޗުގެ އިންޖީނު ރޫމްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާން ރޯވީ އައިޖީއެމްއެޗްގެ ބާ އިމާރާތުގެ އިންޖީނު ރޫމުގައި ހުރި ބެޓެރިއެއްގައި ކަމަށެވެ.

މިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުުނު 10:07 ހާއިރު ކަމަށާއި އަދި 10:21 ގައި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އެ ހާދިސާގައި މީހަކަށް އަދި އިމާރާތަށް ވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި މިހާރު ކުރަމުން ދަނީ ދުން ބޭރުކުރުމުގެ މަސައްކަތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.