Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

އިންކަމް ޓެކްސްގެ ބިލު މަޖިލީހަށް ފޮނުވަނީ

އިންކަމް ޓެކްސް ބިލް މި މަސް ނިމޭއިރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަމުން މިނިސްޓަރު ވިދާޅުވީ އެ ބިލް އެކުލަވާލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އިންކަމް ޓެކްސް ޤާނޫނުގައި ހިމެނޭ ކަންތައްތަކާ ގުޅޭގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުން ކަމަށެވެ.

"މިހާރު ކުރިއަށްދަނީ އިންކަމް ޓެކްސްގެ ޤާނޫން ސްޓޭކް ހޯލްޑަރސް ތަކާއި އެ ޤާނޫނު ހިއްސާކޮށް ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާއި އިސްލާހުތައް ހިއްސާކޮށް، އެޔަށް ޑިބޭޓް ކުރުމުގެ މަސައްކަތް. މިމަސް ނިމޭ އިރު މަޖިލީހަށް ފޮނުވޭ ވަރު ވާނެ" އަމީރު ވިދާޅުވިއެވެ.

އިންކަމް ޓެކްސް ނަގަން ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.

އެގޮތުން އިންކަމް ޓެކްސްގެ ބިލު މިއަހަރުތެރޭ ފާސްވުމުން އަންނަ އަހަރު އެ ޓެކްސް ނަގަން ފަށާނެ ކަމަށް ރައީސް ސޯލިހު ވަނީ މިދިޔަ ފެބްރުއަރީ މަހު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.