Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

ހުކުރު ވަގުތު ފްލައިމީގެ އޮފީހުން ވައްކަން ކޮށްފި

މިއަދުގެ ހުކުރު ވަގުތު މާލޭގައި ހުންނަ ފްލައިމީގެ އޮފީހުން ވައްކަން ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ފްލައިމީގެ އޮފީހުން ވައްކަން ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ވައްކަން ކުރުމަށްފަހު ނަގާފައިވަނީ 1500 ރުފިޔާ އާއި ލެޕްޓޮޕެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.