Last Updated: April 19, 21:43
Friday, April 19, 2024
ޚަބަރު

ޑރ. ފަރުޒާނާ ނިޔާވެއްޖެ

ރާއްޖޭގެ ސިއްހީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ޑރ. ފަރުޒާނާ ޚާތޫން ނިޔާވެއްޖެއެވެ.

ޕާކިސްތާނަށް އުފަން ޑރ. ފަރުޒާނާ ނިޔާވީ އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެވެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.

އުމުރުފުޅުން 69 އަހަރުފުޅުގައި ފަރުޒާނާ ނިޔާވިއިރު އޭނާ އެންމެފަހުން ހުންނެވީ ތެލެސީމިއާ ސެންޓަރުގެ ސީނިއާ ރަޖިސްޓްރާ އިން މެޑިސިންގެ މަގާމުގައެވެ. އެ މެގާމުން ރިޓަޔާ ކުރެއްވުމަށްފަހު އޭނާ ދިރިއުޅުއްވަމުން ގެންދެވީ އިނގިރޭސިވިލާތުގައެވެ.

ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވާތާ 20 އަހަރު ވުމާ ގުޅިގެން 31 އޮކްޓޫބަރު 2002 ގައި އޭނާއަށް ވަނީ ޕެންޝަން ވެސް ލިބިވަޑައިގެންފައެވެ.