Last Updated: April 19, 17:49
Friday, April 19, 2024
ޚަބަރު

ޖުލައި މަސްތެރޭ ޓެކްސީތަކުގައި މީޓަރު ބޭނުން ކުރަން ފަށަނީ

މާލޭގައި ދުއްވާ ޓެކްސީތަކެއް

ޖުލައިމަސް ނިމުމުގެ ކުރިން ޓެކްސީތަކުގައި މީޓަރު ބޭނުން ކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ޓެކްސީ ހިދުމަތަށް ބޭނުންވާ އެޕްލިކޭޝަން ހަދަން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިމަސް ނިމުމުގެ ކުރިން އޭގެތެރެއިން ރަނގަޅު އެޕްލިކޭޝަނެއް ހިޔާރު ކުރާނެ ކަމަށެވެ.

ޓެކްސީ މީޓަރުގެ ގޮތުގައި ބޭނުން ކުރަން ހަމަޖެހިފައިވަނީ މޯބައިލް އެޕްލިކޭޝަނެކެވެ. މިހާރުވެސް ބައެއް ޓެކްސީތަކުން އެފަދަ އެޕްލިކޭޝަން ބޭނުންކުރަމުންދާއިރު، އެޕްލިކޭޝަންގެ ޒަރިއްޔާއިން ޓެކްސީ ބުކް ކުރުން ފަދަ ހިދުމަތް ލިބޭނެއެވެ.

މި އެޕްލިކޭޝަން ތައާރަފްކުރުމުން ޓެކްސީ ހޯދުމުގައި ދިމާވާ ދަތިތަކަކަށް ކުޑަވެސް ހައްލެއް ލިބިގެންދާނެއެވެ. މިހާރު ޓެކްސީތައް ބޭނުންކުރަމުންދާ އެޕްލިކޭޝަނަކީވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދަ އާއެކު ބޭނުންކުރަމުންދާ އެޕްތަކެވެ.

ޓެކްސީ މީޓަރުގެ އަގުތައް ކަނޑައަޅާފައިވީ ނަމަވެސް، ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ އަގުތައް އިއުލާން ކުރާނީ ޓެކްސީ އެޕްލިކޭޝަނުގެ މައުލޫމާތާއެކު އަންނަ މަހުގައި ކަމަށެވެ.