Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ދަރުމަވަންތަ ސްކޫލްގެ ހުރިހާ ކްލާސްރޫމެއް އޭސީކޮށްފި

ފޮޓޯ- މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދަރުމަވަންތަ ސްކޫލްގެ ހުރިހާ ކްލާސްރޫމެއް އޭސީކޮށްފިއެވެ.

ދަރުމަވަންތަ ސްކޫލްގެ ހުރިހާ ކުލާސްރޫމެއްގައި އޭސީ ހަރުކޮށް ނިމިފައިވާއިރު، މިއަދު މިނިސްޓަރ ޑރ. އައިޝަތު އަލީ ވަނީ ދަރުމަވަންތަ ސްކޫލަށް ވަޑައިގެން އެ ސުކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ.

އެޑިއުކޭޝަން މިނސްޓްރީން ދަރުމަވަންތަ ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމަށް ނިންމީ، ކްލާސްރޫމްތައް ހޫނުވުމުގެ ސަބަބުން ދަރިވަރުންނަށް އެކިކަހަލަ ބަލިތައް ޖެހެމުންދާތީއާއި ދަރިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުންނެވެ.

އެސްޓީއޯއާއި ހަވާލުކޮށްގެންކުރި މި މަސައްކަތަކީ، އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢެކެވެ. މި މަޝްރޫއުގެ ދަށުން ދަރުމަވަންތަ ސްކޫލުގެ 16 ކްލާސްރޫމެއްގައިވަނީ އޭސީ ހަރުކޮށްފައެވެ. ދަރުމަވަންތަ ސްކޫލުގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މާޗުމަހުގެ 21 ވަނަ ދުވަހުގައެވެ.

ދަރުމަވަންތަ ސްކޫލްގެ ދަރިވަރުން މިހާރު ކިޔަވަމުންދަނީ އައު އިމާރާތް ނިމެންދެން ތައްޔާރުކޮށްފައިވާ ވަގުތީ ޢިމާރާތެއްގައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކުރީގެ ދަރުމަވަންތަ ސްކޫލްތަޅާލުމަށް ބަޔާކާ ހަވާލުކޮށްފައިވީ ނަމަވެސް މުއްދަތު ހަމަވިއިރުވެސް މަސައްކަތް ނިމިފައިނުވާ ކަމަށެވެ.