Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ޑިފެންސް މިނިސްޓަރ ރަޝިޔާ އަށް

ފޮޓޯ- މިނިސްޓްރީ އޮފް ޑިފެންސް

ރަޝިޔާގައި ބޭއްވޭ 10 ވަނަ އިންޓަރނޭޝަނަލް މީޓިންގ އޮފް ހައި ލެވަލް އޮފިޝަލްސް ރެސްޕޮންސިބަލް ފޮރ ސެކިއުރިޓީ މެޓަރސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ރަޝިޔާއަށް ފުރާވަޑައިގެންފިއެވެ.

ރަޝިޔާގެ ސެކިއުރިޓީ ކައުންސިލް ނުވަތަ އެޤައުމުގެ ސަލާމަތީ މަޖިލީހުން އިންތިޒާމްކުރައްވައިގެން ބާއްވާ މި ބައްދަލުވުމަކީ، ބައިނަލްއަޤްވާމީގޮތުން ސަލާމަތީ ކަންކަމާބެހޭ އެންމެ މަތީ ފެންވަރުގެ ބޭފުޅުންގެ މެދުގައި ބޭއްވޭ ބައްދަލުވުމެކެވެ.

މި ބައްދަލުވުން ކުރިއަށް ދާނީ މިމަހުގެ 17 އިން 20 އަށް، އެޤައުމުގެ ހުޅަނގުގައި އޮންނަ ރަށެއް ކަމަށްވާ އުފާގައެވެ.

ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީ ނިކޮލައި ޕަޓްރޫސޭވްގެ ދަޢުވަތަކަށް މިނިސްޓަރ ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި، އެޤައުމުގެ ދިފާޢީ ވަޒީރާ އެކަމަނާ ބައްދަލުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.