Last Updated: March 28, 19:01
Thursday, March 28, 2024
ކުޅިވަރު

ޖަޕާން ބަލިކޮށް ޗިލީން ފެށުން ރަނގަޅުކޮށްފި

ބްރެޒިލްގައި މިހާރު ކުރިއަށްދާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ޖަޕާންގެ މައްޗަށް 4-0 އިން ކުރި ހޯދައި ޗިލީން މުބާރާތުން ފެށުން ރަނގަޅުކޮށްފިއެވެ.

ޗިލީން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގެ ފުރަތަމަ ގޯލު އެޓީމަށް ފުރަތަމަ ހާފްގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ އެރިކް ޕުލްގާއެވެ. އަދި މެޗުގެ 54 ވަނަ މިނެޓްގައި އެޑުއާޑޯ ވާގާސް ވަނީ ޗިލީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ޗިލީގެ ތިންވަނަ ގޯލު މެޗުގެ 82 ވަނަ މިނެޓްގައި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އެލެކްސިސް ސަންޗޭޒް ކާމިޔާބުކޮށްދިންއިރު، ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ސަންޗޭޒް ދިން ޕާހަކުން ޗިލީގެ ތިންވަނަ ގޯލު އޭގެ މިނެޓެއްފަހުން ކާމިޔާބުކޮށްދިނީ ވާގާސްއެވެ.

ޗިލީ އަކީ 2015 އަދި 2016 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ކާމިޔާބުކުރި ޓީމެވެ.

އަނެއްކޮޅުން ޖަޕާނަކީ ދައުވަތު ދީގެން މި މުބާރާތުގައި ވާދަކުރާ ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ. ޒުވާން ސްކޮޑަކާއެކު ޖަޕާނުން މި މުބާރާތާ ކުރިމަތިލާފައިވާއިރު ރޭގެ މެޗުގައި އެޓީމަށް ވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ.

ޖަޕާނާއި ޗިލީގެ އިތުރުން ގްރޫޕް ސީގައި ދެން ހިމެނެނީ އުރުގުއޭގެ އިތުރުން އިކުއެޑޯއެވެ. މުބާރާތުގެ ދެވަނަ މެޗުގައި ޗިލީ ބައްދަލުކުރާނީ އިކުއެޑޯއާއެވެ.